އދ. ކުނބުރުދޫގައި ބޭރަށް ހިންގުމާއި ހޮނޑުލުން ފެތުރި އެރަށު ހެލްތު ސެންޓަރު ފުރިއްޖެއެވެ.
ހުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް އެރަށުގައި ފެތުރި ހެލްތު ސެންޓަރުގައި އެޑްމިޓް ކުރާނެ ޖާގަ ނެތިގެން ބަލި މީހުން ހެލްތު ސެންޓަރުގެ ކޮރިޑޯ ތެރޭގައި ވެސް މިހާރު އެޑްމިޓް ކޮށްފައި އެބަތިބެވެ.
ހެލްތު ސެންޓަރުގައި ހުންނަނީ ޖުމްލަ ހަތަރު އެދެވެ. އެއީ ވޯޑުގައި ހުންނަ ތިން އެދާއި ބޭސް އަޅާ ކޮޓަރީގައި ހުންނަ އެދެވެ.
ކުނބުރުދޫގައި ބޭރަށް ހިންގުމާއި ހޮނޑުލުން ފެތުރެމުންދާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


