އައްޑޫ ސިޓީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި އައްޑޫސިޓީ ގެ މޭޔަރު ޢަލީ ނިޒާރު އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ.
ކަސްޓަމްސްގެ ސައުތް ރީޖަނަލް ހެޑް އޮފީސް އިމާރާތް އަޅަން ކައުންސިލުން ވަނީ ކަސްޓަމްސް އަށް މަރަދޫ ލޯކަލް މާރުކޭޓްގެ އުތުރުން އޮންނަ ހުސްބިމުން 12،000 އަކަފޫޓުގެ ބިމެއް ދޫކޮށްފަ އެވެ.
ކަސްޓަމްސްގެ އޮފީހެއް އައްޑޫ ސިޓީ ހިތަދޫ އަދި ގަމުގައި ވެސް ހުރެއެވެ.


