ކާޑެއްދޫ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ގދ.ކާޑެއްދޫ ފާލަމުން ބޮޑުބައެއް ވެއްޓުމާއި ގުޅިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ކާޑެއްދޫ ފާލަމުން ބައެއް ވެއްޓިފައިވަނީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

ކާޑެއްދޫ ފާލަން ވެއްޓުމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީ އާއި ރީޖަނަލް އެއަރޕޯޓްސް އާއި އެމްޓީސީސީ ގުޅިގެން، ވެއްޓުނު ބައި މަރާމާތުކޮށް ނުވެއްޓި ހުރި ބައި ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކާޑެއްދޫ އެއަރޕޯޓަކީ މީގެ 28 އަހަރުކުރިން ސަރުކާރުން ތަރައްޤީ ކުރި އެއަރޕޯޓެކެވެ. އެއަރޕޯޓާއެކު ތަރައްޤީކުރި ބަނދަރު އޭގެ ފަހުން އަލުން ތަރައްޤީކޮށް މަރާމާތުކޮށްފައިވާކަން އެނގޭކަށް ނެތެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ