ކުނި ފީގެ ގޮތުގައި ހަނިމާދޫ ކައުންސިލަށް 6،94،666 ރުފިޔާ

ހަނިމާދޫ ޚަބަރު ފަހުގެ

2021 ވަނަ އަހަރު ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 694666.00 (ހަލައްކަ ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ.

އާންމުން ދިރިއުޅޭ ގޭބިސީތަކާއި ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ހަނިމާދޫ ކައުންސިލުން ކުނި އުކައި ދިނުމުގެ ޚިދުމަތް ދެމުން އަންނައިރު، އެކި ތަންތަނަށް މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ތަފާތު އަގުތަކުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފާއިތުވީ އަހަރުގައި މީހުން ދިރިއުޅޭ ގޭބިސީތަކުން ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 558466.00 (ފަސްލައްކަ ފަންސާސް އަށް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވެއެވެ. އާންމު ގޭބިސީތަކުން ކުނި ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 150 ރުފިޔާއެވެ.

ބެއާފޫޓް އެކޯ ހޮޓަލަށް ކުނި އުކައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މަހަކު 10000 (ދިހަހާސް) ރުފިޔާއަށެވެ. ވުމާއެކު މި ބަޖެޓަށް ބެއާފޫޓުން އަހަރެއްގެ މައްޗަށް 120000 (އެއްލައްކަ ވިހިހާސް) ރުފިޔާ ލިބޭކަމަށް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަނިމާދޫ ކައުންސިލުން ރަށުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލު ކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ