ހަނިމާދޫން 5 ފަރާތެއް ބަލިން ރަނގަޅުވީއިރު 9 މީހުން ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން 5 ފަރާތެއް ބަލިން ރަނގަޅުވީއިރު 9 މީހުންހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން އެންމެފަހުން ހާމަކުރިގޮތުގައި އަލަށް ޕޮޒިޓިވްވީ 9 ފަރާތެކެވެ. އަދި 5 ފަރާތެއް ރަނގަޅުވެފައިވެއެވެ. ނަދީޖާ ނުލިބި 84 ސާމްޕަލެއް ވާކަށް އެ މަރުކަޒުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުޅިޖުމުލަ 34 ފަރާތެއް ބަލިޖެހިފައި ތިބިއިރު 118 ފަރާތެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. އަދި 36 ގެއެެއް ކަރަންޓީނުގައި ވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.

މި ފަހަރު ހަނިމާދޫން ކޮވިޑް-19ގެ ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖެނުވަރީ 16 ވަނަދުވަހު ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ހަނިމާދޫން މިހާތަނަށް މުޅިޖުމުލަ 81 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު ޖުމުލަ 47 ފަރާތެއް ވަނީ ރަނގަޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ