މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ

ޚަބަރު ފަހުގެ

މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ މި ނިންމުމަކީ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްވެ އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، އަދި އެޗް.ޕީ.އޭ އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނިންމި ނިންމުމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންކަމުން ކާޑުގެ މުއްދަތު ހަމަވެ ކާޑު އައުކުރަން ޖެހިފައިވާ އެންމެންްގެ ކާޑުގެ މުއްދަތު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިތުުރު ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހުރިހައި މުއައްސަސާއަކުން ވެސް މި ގޮތަށް އަމަލު ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކާޑުގެ މުއްދަތު އިތުރު ކުރި ނަމަވެސް އޮންލައިންކޮށް ކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަވެސް އެ އިދާރާއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ