ޔާމީންގެ ވިސްނުން ނުރައްކާ، ގައުމުތަކުގެ މިނިވަންކަން ގެއްލެނީ ބޮޑެތި ބާރުތަކާ ނަފުރަތު އުފައްދާތީ: ނަޝީދު

ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވިސްނުންފުޅު ނުރައްކާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ “އިންޑިއާ އައިއުޓް” ހަރަކާތަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވިސްނަވައިގެން އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަޝީދު ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ބާރެއްގެ ގޮތުގައި މިހާރު ފާހަގަވަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ރައީސް ޔާމީން އެ ކުރައްވާ ކަންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެއީ ގައުމުގެ ރައްޔޮތުންނާ މި ގައުމުގެ ރައްޔިތުން މޫނުކެންޑޭގޮތް ހެދުން ކަމަށާއި، ދެބަސްވާގޮތް ހެދުން ކަމަށެވެ.

އެކަމުގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާއިން އަދި ގައުމުތަކުގެ ހަޔާތުން ފެނިފައި އެބަހުރި ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ގައުމުތަކުގެ މިނިވަންކަން ގެއްލޭ ސަބަބަކީ އެއީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ