“އައުޓް” ވެގެން، ރޭރުވެގެން ތަރައްގީއެއް ނުލިބޭނެ: ނަޝީދު

ފަހުގެ ސިޔާސީ

“އައުޓް” ވެގެން ތަރައްގީއެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރައްޔިިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، މީހާގެ ވިސްނުން ނޭފަތު ކުރިއާ ހިސާބުގައި ބަހައްޓައިގެން ތަރައްގީއެއް ނުލިބޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން، މީހާގެ ވިސްނުން އެމީހާގެ ރަށޫގެ ގޮނޑުދޮށުންނާއި އަތޮޅުދުނިންވެސް ބޭރަށް، ލާމެމެހިފައިވާ ދުނިޔެއާ ގުޅެންޖެހޭ ކަމަށެވެ.

“އައުޓެއް ނުވެނޭނެ. އިން ވާން ޖެހޭނީ. އައުޓެއް ނުވެވޭނެ، ބޭރުވެގެނެއް، ރޭރުވެގެނެސް ވާނެ އިތުރު ކަމެއް އަޅުގަނޑަކަށްވެސް ނެތް، ތިބޭފުޅުންނަކަށްވެސް ނެތް” ނަޝީދު ވިދާޅުވިއެވެ.

ޖަލްސާގައި ނަޝީދު އިތުރަށް ވިދާޅުވީ ކޮންމެ ފަސް އަހަރަކު ކުރާނެ ކަންކަން ނިންމައި ރައްޔިތުންގެ ކައިރިއަށް ދިއުމަކީ އެމްޑީޕީގެ އުސޫލު ކަމަށެވެ. އަދި އެއީ ޕީޕީއެމް ދަންނަ ކަމެއް ނޫން ކަމަށާއި، އެބޭފުޅުންނަށް އެވާހަކައެއް ނުދެއްކޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ވިސްނުމަކީ ރަށްތައް އުވާލައި، އެންމެން އެއްތަނަކަށް ޖަމާކޮށް، ހަލާކުކުރުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއީވެސް ޕީޕީއެމްގެ އަމިއްލަ ވިސްނުމެއް ނޫން ކަމަށާއި، އެއީ އެކި ގައުމުތަކުން ފެންނަ ކަންކަން ކަމަށެވެ. އެހެން ނަމަވެސް ދިވެހިި ރައްޔިތުން އެ ހާލުގައި ޖެއްސުމަކީ އެމްޑީޕީން އެދޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ