އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރުކަމުން ޒައިދު އިސްތިއުފާ ދީފި

ޚަބަރު ފަހުގެ

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޝެއިހް އަލީ ޒައިދު އިސްތިއުފާ ދީފި އެވެ.

އެންމެ ގިނަ ދީނީ އިލްމްވެރިން ތިއްބަވާ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ކޮމެޓީގެ މެމްބަރު ކަމުން ޒައިދު އިސްތިއުފާދެއްވިކަން ހާމަކުރައްވާ އޭނާ ކުރެއްވި ޓުވީޓުގައި ވަކި ސަބެބެއް ވިދާޅެއްނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

” ‏މިއަދުންފެށިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އަޅުގަނޑު އިސްތިއުފާދީފީމެވެ. ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހާމެމްބަރުން އަޅުގަނޑާމެދު ޢަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ.” ޒައިދު ލިޔުއްވާފައިވެއެވެ.

ޒައިދު އިސްތިއުފާ ދީފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން އަދާލަތު ޕާޓީން ރޭ ނިންމާފައިވަނިކޮށެވެ. އެ ޕާޓީން އެގޮތައް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އޭނާ ގޮވާލާފައިވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ