ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ނައްތާލައިފި

ޚަބަރު ފަހުގެ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރު ނައްތާލައިފި އެވެ.

އޭގެ ތެރޭގައި 1059 ލީޓަރުގެ ބަނގުރަލާއި 8481 ލީޓަރުގެ ބިޔަރު ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކަސްޓަމްސް އިން ކުރި އިއުލާނެއްގައި ބުނީ އިއްޔެ މި ތަކެތި ނައްތާލައިފައި ވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރައްހަދުގައި ކަމަށެވެ.

އެ އިއުލާނުގައި ބުނީ، އެއީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން، ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ ނައްތައިލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތައިލި ތަކެތި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ