ހަނިމާދޫން އިތުރު 18 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން 10 ފަރާތެއް ބަލިން ރަނގަޅުވީއިރު 18 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން އެންމެފަހުން ހާމަކުރިގޮތުގައި އަލަށް ޕޮޒިޓިވްވީ 18 ފަރާތެކެވެ. އަދި 10 ފަރާތެއް ރަނގަޅުވެފައިވެއެވެ. ނަދީޖާ ނުލިބި 50 ސާމްޕަލެއް ވާކަށް އެ މަރުކަޒުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުޅިޖުމުލަ 50 ފަރާތެއް ބަލިޖެހިފައި ތިބިއިރު 125 ފަރާތެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. އަދި 40 ގެއެެއް ކަރަންޓީނުގައި ވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.

މި ފަހަރު ހަނިމާދޫން ކޮވިޑް-19ގެ ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖެނުވަރީ 16 ވަނަދުވަހު ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ހަނިމާދޫން މިހާތަނަށް މުޅިޖުމުލަ 114 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު ޖުމުލަ 67 ފަރާތެއް ވަނީ ރަނގަޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ