އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ވިދާޅުވީ ރާޝިދު ބަލި ކުރާނެ ކަމަށް

ފަހުގެ ސިޔާސީ

ށ.ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު ބަލި ކުރައްވާނެ ކަމަށް އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރާޝިދުގެ ކެމްޕެއިނަށް ރޭ ށ.ކޮަމަންޑޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރޭ ޖަލުސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ، ބޮޑުތަނުންކަމަށާއި އިރާދަކުރެއްވިއްޔާ، 05 ފެބްރުއަރީ ވަނަ ދުވަހު ހެނދުނު އިރުއަރާއިރު ފަށާ ގޮތަށް އަޅުގަނޑުމެން ރާޝިދު އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން ބަލިކޮށްފައި މި އިންތިހާބު ނިންމާލާނެކަމަށެވެ.

ރާޝިދު ބަލި ކުރާނެ ކަމަށް އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން ވިދާޅުވެވުމުން، އެ ވީޑިއޯ އަންނަނީ މީސްމީޑިއާގައި ދައުރު ކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ އޭނާއަށް އަމިއްލަ ޕާޓީގެ ކެންޑިޑޭ ބަލިކުރަން ގޮވާލުމުން ފާޑު ކިޔަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ