ކައުންސިލަރު ޒަމީރަށް ބަޔަކު ފުރައްސާރަކޮށްފި

ޚަބަރު ފަހުގެ

އެމްޑީޕީގެ ހަރުގެ ކައިރިން މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރަށް ބަޔަކު ފުރައްސާރަ ކޮށްފިއެވެ.

ޒަމީރަށް ފުރައްސާރަ ކޮށްފައި ވަނީ ރޭ 11:00 ޖަހާކަން ހާއިރު އެމްޑީޕީގެ މައި ހަރުގެ ކައިރިން އޭނާ ވަޑައިގަންނަވަނިކޮށް، ހަރުގެ ބަންދުކުރުމަށް ފަހު ނިކުތް އެ ޕާޓީގެ ބައެއް މެންބަރުން އޭނާ ހުއްޓުވުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅިގެން މިޑިޔާއަށް މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ، އޭނާ ހުއްޓުވައި، އެމްޑީޕީގެ ހަރުގެއިން ނިކުތް ބައެއް މެންބަރުން އޭނާއަށް ފުރައްސާރަކުރި ކަމަށާއި، އެ އަމަލު ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ މެންބަރުންގެ މައުލޫމާތުތައް ހާމަކުރައްވަން ބޭނުން ނުވާ ކަމަށާއި، އެ މެންބަރުންގެ މައުލޫމާތު ހާމަކުރައްވައިފި ނަމަ، އެ މީހުންނާ އެއް ދަރަޖައަކަށް ވެއްޓުނީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

“ޕްރިއިމެރީގައި އެމްޑީޕީ މެމްބަރުން ހަމައެކަނި ވޯޓު ދިނަސް އިންތިހާބުގައި ވޯޓު މިދެނީ ހުރިހާ ފިކުރެއްގެ ރައްޔިތުން. އަޅުގަނޑު އަނެއްކާވެސް ކައުންސިލްގެ ގޮނޑިއަށް އިންތިހާބުވެފައި މިއިނީ ނިމިދިޔަ ކައުންސިލްގެ ދައުރުގައިވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ކޮށްދެވުމުން ހެން އަޅުގަނޑަށް ހީވަނީ. އަދިވެސް ހަމަ އެ އަޒުމުގަ މިހުރީ. ކުލައަކަށް ފިކުރަކަށް ބެލުމެއް ނެތި ކަންކަން ކުރުމުގައި ހުންނާނަން.” ޒަމީރު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ