ހަނިމާދޫން އިތުރު 10 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން އެންމެފަހުން ހާމަކުރިގޮތުގައި އަލަށް ޕޮޒިޓިވްވީ 10 ފަރާތެކެވެ. އަދި 14 ފަރާތެއް ރަނގަޅުވެފައިވެއެވެ. ނަދީޖާ ނުލިބި 70 ސާމްޕަލެއް ވާކަށް އެ މަރުކަޒުން ބުނެއެވެ.
މުޅިޖުމުލަ 29 ފަރާތެއް ބަލިޖެހިފައި ތިބިއިރު 92 ފަރާތެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. އަދި 32 ގެއެެއް ކަރަންޓީނުގައި ވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.
މި ފަހަރު ހަނިމާދޫން ކޮވިޑް-19ގެ ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖެނުވަރީ 16 ވަނަދުވަހު ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ހަނިމާދޫން މިހާތަނަށް މުޅިޖުމުލަ 125 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު ޖުމުލަ 96 ފަރާތެއް ވަނީ ރަނގަޅުވެފައެވެ.


