ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފުރަން ގޮސް ހުރި ޓޫރިސްޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ އެއަރޕޯޓް ސްމޯކިން އޭރިއާގައި ހުއްޓައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ އެއަރޕޯޓް ސްމޯކިން އޭރިއާގައި ހުރި 63 އަހަރުގެ ބްރިޓިޝް ފިރިހެނެއް ހަބަރު ހުސްވެ ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 08:42 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާއަށް އެއަރޕޯޓު މެޑިކަލް ޕޮއިންޓުގައި ފަރުވާ ދިނުމަށް ފަހު މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


