ފ.މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
މި މަޝްރޫއުގެ ދަށުން މަގޫދޫގެ ތަރައްޤީގެ އެހެނިހެން ބޭނުންތަކަށް ހާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓް ތަރައްޤީކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ. އަދި 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، އަދި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެ އެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 650 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ 206.87 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


