ކޮވިޑް-19 އާއި ގުޅިގެން ޖަލުތަކުގައި ތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކަރެކްޝަންސް އިން ފަށައިފި އެވެ.
ކަރެކްޝަންސް އިން މިހާތަނަށް ބައެއް ގައިދީން ގެއަށް ބަދަލުކޮށްފައިވާއިރު އެ އިދާރާ އިން އަންނަނީ އާއިލާ ކައިރިއަށް ބަދަލުކުރަންޖެހޭ ހާލަތުގައި ތިބި ގައިދީންނާއި، އާއިލާތަކުގެ އަޅާލުން ނުލިބި ތިބި ގައިދީން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ނަމަވެސް މިހާތަނަށް ގެއަށް ބަދަލުކުރި ގައިދީންގެ އަދަދެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެ އެވެ.


