ހަނިމާދޫ ކައުންސިލްގެ 4 މެންބަރުން ކަރަންޓީންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލް އަންހެން މެންބަރު ނާޒިޔާ ހަސަން ކޮވިޑް 19 އަށް ޕޮޒިޓްވުމާގުޅިގެން ކައުންސިލް 3 މެންބަރުނަނާއި 3 މުވައްޒަފަކު ކަރަންޓީން ކޮށްފިއެވެ.
ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު އާސިފް ވަނީ ކައުންސިލު މެންބަރު ނާޒިޔާ ޕޮޒިޓިވް ވިކަން ކަށަވަރު ކޮށްދީފައެވެ. އަދި ކައުންސިލް ނައިބު ރައީސް ފިރާގް މުހައްމަދާއި ކައުންސިލް މެންބަރު އަލީ އިބްރާހިމް އަދި ހާރިޘާ މުހައްމަދު އަދި އިދާރީ 3 މުވައްޒަފަކު ކަރަންޓީން ކުރެވިފައިވާކަން ވެސް ކަށަވަރު ކޮށްދެވިއެވެ.
” ބުރާސްފަތި ދުވަހުން ފެށިގެން މެންބަރު ނާޒިޔާ ކަރަންޓީން ވެގެން އެހުރީ އަމިއްލައަށް، މިއަދު އެނގުނީ ޕޮޒިޓިވްކަން” އާސިފް ވިދާޅުވިއެވެ.
މިވަގުތު ހަނިމާދޫގައި ކޮވިޑް ބަލި ޖެހިފައި 26 މީހުން ތިބިކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.


