ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކުރުން ކުރިއަށް

ޚަބަރު ފަހުގެ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީއަކީ ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކުންފުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މަޝްރޫއުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، ޖަނަވަރީ 20، 2021ގަ އެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 53.99 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހުގެ ތެރޭގައި މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މަގުތައް ހަލާކުވެ އަޑިގުޑަންވުމާއި އަދި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވެ ފޮނަދޫގެ މަގުތައް ފުރަތަމަ ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން އަލުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިންމައި، އެ މަގުތައް ބޭނުންކުރަން ފަށާފައިވާ އިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ 13 މަގެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފަ އެވެ. އެއީ 3.5 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ