ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް

ޚަބަރު ފަހުގެ

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ ” އޫކްލާއިން” ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފި އެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓުން ދައްކާ ގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދިރާގުން ބުނީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 ޕަސެންޓަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް އެ ކުންފުނިން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި މި އެވޯޑަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް ޑިޖިޓަލް ރާއްޖެ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ހެއްކެއް ކަމަށް ބުންޏެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވީ، ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވާކް އޮޕަރޭޓަރުންގެ ތެރެއިނެ ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ތަކެއް ކަމަށާއި އެ އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑުކޮށް ނަގައި ކިޔޭވަރުގެ އިންޓަނެޓް ހިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތަކެއް ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ތިން ވަނަ އަދި ހަތަރު ވަނަ ކުއާޓާގައި ދިރާގުން ވަރުގަދަ ޕާފޯމަންސްއެއް ދައްކައި، ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ލީޑު ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

ދިރާގުން ބުނީ، އޫކްލާ ފަދަ ބައިނަލްއަގުވާމީ މިނިވަން މުވައްސަސާއަކުން ޝަރަފުވެރި އެވޯޑެއް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ.

އަދި މިއީ ދިރާގުގެ ހީވާގި މުވައްޒަފުން ހިދުމަތްތަށް އެންމެމަތީ ފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކޮށް ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެ މުވައްޒަފުންނަށް ޝުކުރުއަދާ ކުރައްވައިފަ އެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާއި ދިރާގުގެ ހިދުމަތްތަކަށް ދެއްވާ ތަރުހީބަށްވެސް ޝުކުރު އަދާކުރެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ