ވެލާނާ އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާ އެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ “ދޮވެމި” ފިހާރަ ކުރިމަތިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވާފައި ބިންމަތީގައި ބައިންދާފައި އިންނަތަން ފެނެ އެވެ.

އޭގެ އިތުރުން އޭނާ ގެންގުޅުނު ކަމަށް ބެލެވޭ މަސްތުވާތަކެތީގެ ޕެކެޓެއް ވެސް ފަޅައިގެން ގޮސް މުޅި ސަރަހައްދުގައި ފެތުރިފައި އޮތް ތަން ފޮޓޯތަކުން ފެނެ އެވެ.

އެނާ ގެންގުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި ކިލޯއެއް ވަރު ހުންނާނެކަމަށް މީޑިއާތަކަށް، މަންޒަރު ދުއް މީހުން މައުލޫމާތުދީފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ