އުލިގަމު ސްކޫލާއި، ހުޅުދުއްފާރު ސްކޫލު ތަރައްޤީކުރަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހއ.އުލިގަމު ސްކޫލާއި، ރ.ހުޅުދުއްފާރު ސްކޫލު ތަރައްޤީކުރުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އުލިގަމު ސްކޫލާއި، ހުޅުދުއްފާރު ސްކޫލު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ. އެ ގޮތުން އެޑިއުކޭޝަނުން މިއަދު ވަނީ އެ ދެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ އުލިގަމު ސްކޫލުގެ 08 ކްލާސްރޫމާއި، ސައިންސް ލެބާއި، ސްކޫލްގެ ވަށާފާރާއި، އޭވީ ރޫމް އިމާރާތުގެ މަސައްކަތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންނެއެވެ. އަދި ހުޅުދުއްފާރު ސްކޫލުގެ 12 ކްލާސްރޫމާއި، 3 ބުރީގެ އިމާރާތުގެ މަސައްކަތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންނެއެވެ.

އުލިގަމު ސްކޫލުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 12،506،172.58 އަށެވެ. އެއީ މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހުޅުދުއްފާރު ސްކޫލްގެ މަސައްކަތް ހަވާލުކުރީ 15،661،157.74 އަށެވެ. މި މަސައްކަތް ހަވާލުކުރީ ވެސް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ