ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ކައުންސިލާ ހަވާލުކުރަން ސަރުކާރުގައި ދަންނަވަން ފާސްކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލެ ރަށްވެހިކަމުގެ މަސައްކަތްތައް މާލެސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރުގައި ދެންނެވުމަށް މާލެސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން މިބައްދަލުވުމުގައި ވަނީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާންމު ހިދުމަތްތަކާއި ކައުންސިލްގެ މައްސޫލިޔަތުތައް ހުޅުމާލެ ފޭސް1 ފޭސް2 ހިމަނޭގޮތަށް އަދާކުރުމާއި ގުޅޭގޮތުން ކަރުދާހެއް ހުށަހަޅާ ވާހަކަ ދައްކާފައެވެ.

މި ކަރުދާހަށް ވޯޓަށް އެހުމުން ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާންމު ހިދުމަތްތަކާއި ކައުންސިލްގެ މައްސޫލިޔަތުތައް ހުޅުމާލެ ފޭސް1 ފޭސް2 ހިމަނޭގޮތަށް އަދާކުރުމަށްޓަކައި، އެކަމަށް އެކަށީގެންވާ ބަޖެޓާއި މުވައްޒަފުންނާއި ވަސީލަތްތަކާއެކު ސިޓީ ކައުންސިލާއި ހަވާލުކުރެއްވުމަށް ސަރުކާރުގައި ދަންނަވާ މަސައްކަތް ކުރުމަށެވެ.

މި ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވަނީ ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ނުކުރެވި ހުންނާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން އިންތިހާއަށް ފާޅުކުރާކަން ހާމަކޮށްފައެވެ. އަދި މާލޭގެ ރައްޔިތުންނަށްވެސް ލިބޭ ފުރުސަތުތައް ހުޅުމާލޭގެ ރަށްވެހިން ހުޅުމާލެއިންވެސް ބޭނުންވާކަމަށާއި، އެކަމުގައި ވަކާލާތު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިފަހުން ހުޅުމާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކުންވަނީ ހުޅުމާލޭގެ މަގުތަކުގައި ކުނި އިތުރުވެފައިވީއިރުވެސް ކުނި ނުނަގާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތަކަށް އިހުމާލުވާކަމުގެ ޝަކުވާތައްވެސް އިތުރުވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ