ދިރާގުން “ސަޅި ޑެއިލީ ޑޭޓާ” ތައާރަފްކޮށްފި

ޚަބަރު ފަހުގެ

ދިރާގުން އަމިއްލަ ޕޯސްޓް ޕެއިޑް ތަކަށް “ސަޅި ޑޭޓާ ޑެއިލީ” ބަންޑަލް ތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

ބޮޑު ޑޭޓާ ޕެކްތަކެއް ލިބޭ މި ބަންޑްލްތަކުގައި “ސަޅި 90″، “ސަޅި 150” އަދި “ސަޅި 210” ހިމެނޭ ކަމަށެވެ. އަދި ދިރާގު އެޕް މެދުވެރިކޮށް މި އެޑް-އޮން ބަންޑަލްތައް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ސަޅި 90” ބަންޑަލްގެ ދަށުން 60 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް އެއް ޖީބީ ވެސް ލިބޭނެ އެވެ. އަދި “ސަޅި 150” ބަންޑަލްގެ ދަށުން 90 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ދެ ޖީބީ ވެސް ލިބޭނެ ކަމަށާއި “ސަޅި 210” ބަންޑަލްގެ ދަށުން 120 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ތިން ޖީބީ ލިބިގެން ދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ