ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ފުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަނިމާދޫއަށް ވަޑައިގެންނެވި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުވިކަމަށް ހަނިމާދޫ ކައުންސިލް ބުނެފިއެވެ.
ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު އާސިފް ގޮށްކޮޅަށް މައުލުމާތު ދެމުން ބުނީ “ރައީސް އެދުވަހު ހަނިމާދޫއަށް އައުމަށް ހަމަޖެހުމާއެކު ކައުންސިލް މެންބަރު އަލީ އެދުނު ރައީސްއާ ބައްދަލު ކުރަން ފުރުސަތު ހޯދަން، ދެން އަޅުގަނޑު އެކަން ހަމަޖަސަން ކުރަންޖެހޭ މަސައްކަތް ކޮށް އަލީ އެދުނުގޮތަށް އަލީއާއި ކައުންސިލް ރައީސް އަދި ނައިބު ރައީސްއަށް ބައްދަލު ކުރަން އެޕޮއިޓްމަންޓް ހަމަޖަސަން އެދުނިން، އެ އެދުމަށް ހުއްދަވެސް ލިބުނު.”
އެރޭ ރައީސްއާ ބައްދަލުކުރަން އަންހެނުން ކޮމެޓީ އެދިފައި ނުވާކަމަށްވެސް އާސިފް ވިދާޅުވިއެވެ.


