ރޭ ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ފެނުނު އަލިގުޅައަކީ އިންޑިއާއިން ލޯންޗުކުރި ރޮކެޓެއް!

ޚަބަރު ފަހުގެ

ރޭ ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ފެނުނު އަލިގުޅައަކީ އިންޑިއާއިން ލޯންޗުކުރި ރޮކެޓެއްކަން ހާމަވެއްޖެ އެވެ.

މިކަން އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުންވެސް ވަނީ ޔަގީންކޮށްދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދުނިޔެ ބެލުމަށް ޚާއްސަ ސެޓެލައިޓެއް އޯބިޓަށްލުމަށްޓަކައި އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ލޯންޗުކުރި ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް އަކީ މި އަހަރު އެ އޯގަނައިޒޭޝަނުން ކުރިއަށް ގެންދިޔަ ފުރަތަމަ މިޝަނެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ލޯންޗުކުރި މި ރޮކެޓުގެ އަލި ރާއްޖޭގެ ބައެއް ހިސާބުތަކަށް ފެނުމާއެކު އާންމުން ވަނީ މީސް މީޑިއާގައި ވީޑިއޯތައް ހިއްސާކޮށްފައެވެ.

މި ރޮކެޓުގެ އަލި ހަނިމާދޫއަށްވެސް ފެނުނެވެ. އަދި އަލި މާލެ ސަރަހައްދަށްވެސް ފެނުނުކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނަކީ އިންޑިއާއިން ޖައްވު ދިރާސާކުރުމަށް ޚާއްސަ އޯގަނައިޒޭޝަނެކެވެ. މި އޯގަނައިޒޭޝަނުން ވަނީ ޖައްވީ އެކިއެކި މިޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ