ހުޅުމާލޭ ވޯޓާސް އެޖްގައި މެރީބްރައުންގެ އައުޓްލެޓެއް ހުޅުވައިފިއެވެ. މިއީ ވޯޓާސް އެޖުގައި ހުޅުވި ފުރަތަމަ އައުޓްލެޓެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އައުޓްލެތް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ވޯޓާސް އެޖަކީ ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓުން ހަދާފައިވާ ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްއެކެވެ. އެ ކޮމްޕްލެސްކްއަށް ނަން ދީފައި ވަނީވެސް އެތަން ހެދި ކުންފުނިންނެވެ.
ވޯޓާސް އެޖްގައި ކުރިއަށް އޮތް ތަނުގައި ގިނަ އައުޓްލެޓްތަކެއް ހުޅުވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން، ސީކްރެޓް ރެސިޕީއާއި ޕިއްޒާ މިއާ އަދި ކޮފީ ރިޕަބްލިކްގެ އައުޓްލެޓެއްވެސް ހުޅުވަން ވަނީ ނިންމައިފައެވެ.


