އިންޑިއާ އިން ސެނެހިޔާ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.
މިއަދު މެންދުރު ފަހު ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި އޮތް ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި ސާމާނުތައް ހަދިޔާ ކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ. އަދި އެތަކެއްޗާއި ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަދިޔާކުރެއްވި 2،800 ކިލޯ ގްރާމް ގެ މެޑިކަލް އިކްއިޕްމަންޓްގެ ތެރޭގައި ހިމެނެނީ، ސިއްހީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތަކާއި، ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް އާލާތްތަކެވެ.
ސެނެހިޔާ ހޮސްޕިޓަލުގައި އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ


