ހަނިމާދޫ ގޯދި ދޫކުރަން ކައުންސިލުން ފާސްކޮށްފި

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހަނިމާދޫ ގޯތިދޭން ކައުންސިލް 38 ވަނަ ޖަލުސާގައި ހަތަރު މެންބަރު އިންތިފާގުން މިއަދު ފާސްކޮށްފިއެވެ.

މިކަން ހާމަކުރީ ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ކުރެއްވި ޓުއިޓެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމަނިކުފާން ކުރި ޓުއިޓްގައި ބުނެފައިވަނީ ހަނިމާދޫއިން ގޯތި ދިނުމަށް މިއަދު ހަނިމާދޫ ކައުންސިލުގެ 4 މެންބަރުގެ އަގުލަބިއްޔަތުން، މިހާރު ހަނިމާދޫ ކައުންސިލުން ހަދާފައިވާ އުސޫލް ކައުންސިލު 38 ވަނަ ޖަލްސާގައި ފާސްކޮށްފައިވާކަމަށެވެ. އަދި މިއީ ހަނިމާދޫ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރުގެ ނިމުން ކަމަށެވެ.

މިފަހަރު ދޫކުރަނީ 3000 އަކަފޫޓުގެ 200 ގޯއްޗެވެ. ހަނިމާދޫ އެންމެ ފަހުން ގޯތި ދޫކުރީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ