ޕާކިން ޒޯންތަށް ދިނުމުގެ އުސޫލު މާލެ ސިޓީ ކައުންސިލުން އާންމު ކޮށްފި

ޚަބަރު ފަހުގެ

މާލޭގައި ކުއްޔަށް ދޫކުރާ ޕާކިން ޒޯންތަށް ދިނުމުގެ އުސޫލު މާލެ ސިޓީ ކައުންސިލުން އާންމު ކޮށްފިއެވެ.

ޕާކިން ޒޯނުން ޖާގަ ދޫކުރާނީ ޕާރކް ކުރަން އެދޭފަރާތުގެ ނަމުގައިވާ ޓެކްސީ، އަމިއްލަ ކާރު، ވޭން އަދި ޕިކްޕް (5.3 ޓަނަށްވުރެ ބަރުނުވާ) ޕާރކް ކުރުމަށް ކަމަށާއި ޕާާރކު ކުރުމަށް ޖާގަ ދެވޭނީ ކޮންމެ ފަރާތަކަށް 1 ޖާގަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް، އެކި ސަރަހައްދު ތަކުގައި ހެދިފައިވާ ޕާރކިން ޖާގައިގެ ތެރެއިން 3 ޖާގައަށް އެކަކަށް ކުރިމަތިލެވިދާނެ ކަމަށް ވަނީ ބުނެފައެވެ. މިގޮތައް ކަނޑައެޅިފައިވަނިކޮށް އޮޅުވާލާއިގެން އިތުރު ޖާގައެއް ނެގުމައް މަސައްކަތް ކުރާކަން އެނގިއްޖެނަމަ އެފަރާތުގެ ފޯމް ބާޠިލްކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން ޕާކް ކުރުމަށް ޖާގައަށް އެދިފައިވާ ވެހިކަލަކީ މާލޭ ޒޯނަށް ރަޖިސްޓްރީކޮށް ދުއްވޭ ހާލަތުގައި އޮންނަ ވެހިކަލަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކައުންސިލުން ބުނެފައިވަނީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ވެސް ޖާގަ އޮތް ވަރަށް ބަލައި ޕާކިސް ސްލޮޓް ދޫކުރެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ޕާކު ކުރަން ދޫކުރެވޭ ޖާގައަށްވުރެ ބޭރުގައި ޕާކު ކޮށްފައިވާނަމަ ފުރަތަމަ ފަހަރަށް 200 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ ދެވަނަ ފަހަރަށް 300 ރުފިޔާ އަށް ތިންވަނަ ފަހަރު ޕާކް ކުރުމުގެ ހުއްދަ ބާތިލުކޮށް ޖާގަ އަތުލެވޭނެ ކަމަށެވެ. އަދި ޒޯނުގެ ހުއްދަ ނެތް ފަރާތްތަކުން ޒޯނުތަކުގައި ޕާކު ކުރާނަމަ ވެހިކަލް ޓޯ ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕާކިން ޒޯނަށް ރަޖިސްޓްރީ ކުރެވޭނީ 500 ރުފިޔާއަށެވެ. ޕާކިން ޖާގައިގެ ފީއެއްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހެނީ 1500 ރުފިޔާއެވެ. މި ފައިސާ ކޮންމެ މަހެއްގެ 10 އެއްގެ ކުރިން ދައްކަން ޖެހޭނެއެވެ. 10ގެ ފަހުން ފައިސާ ދައްކާ ފަރާތްތަކުޖން 50 ރުފިޔާގެ ޖޫރިމަނާއެއް ނަގައެވެ. އަދި މަހުގެ 15 އާއި ހަމައަށް ފައިސާ ނުދައްކާ ފަރާތްތަކުން ހުއްދަ ބާތިލު ކުރެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ