ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވަން އިންތި ފޯމު ހުށަހަޅުއްވައިފި

ޚަބަރު ފަހުގެ ސިޔާސީ

ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރޭ ފޯމު ހުށަހަޅުއްވައިފި އެވެ.

އިންތިގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. އިންތިގެ ތާއީދު ފޯމްގައި ރައީސް ނަޝީދުގެ ބައްޕަ އާއި މަންމަ ވެސް ވަނީ ސޮއި ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޑީޕީގެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޗެއާޕާސަން ކަމާއި އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ މި ހިނގާ ފެބްރުއަރީ 12، ގަ އެވެ. އެ އިންތިހާބުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 19، ވަނަ ދުވަހު 16:00 އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އެ ޕާޓީން އިއުލާން ކުރާނެ އެވެ.

މިއިންތިހާބުތަކުގައި ވޯޓުލެވޭނީ ކުރިމަތިލުމުގެ ފުރުސަތު ބަންދުވުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް ކަމަށް އެމްޑީޕީން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ