ސްކޫލްތަކުގައި ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ޕްރޮގްރާމްތަށް ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސޮނޭވާ ނަމޫނާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްްވީ ސްޓޭޓު މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު އަޙުމަދެވެ. ސޮނޭވާ ނަމޫނާގެ ފަރާތުން އެއްްބަސްވުމުުގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ކަޓާރޒްނާ އިޒިޑޯޗިކެވެ.
މި އެއްބަސްވުމުގެ ދަށުން ސްކޫލްތަކުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތަށް އެކަށައެޅުމަށް ބޭނުންވާ ޕްރޮގްރާމްތަށް ރާވާ ހިންގުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެއެވެ. އަދި މިގޮތުން ހިންގޭ ޕްރޮގްރާމްތަކުގެ އެހީގައި ދަރިވަރުންނަށް ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކެއެވެ.


