ހަނިމާދޫ ގެވަޅު ދޫކުރަން ސަރުކާރުން ހުއްދަދީފިއެވެ.
މިކަން ހާމަކުރައްވާ ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ކުރެއްވި ޓުއިޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ ގެވަޅު ދޫކުރަން ސަރުކާރަށް ދެއްވި އެއްބާރުލުމަށް ހަނިމާދޫ ރައްޔިތުންގެ ނަމުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހާ، އެންޕީ ގަފޫރު އަދި މިނިސްޓަރ އަސްލަމަށް ޝުކުރު ދަންނަވާ ކަމަށެވެ .
އަދި މިއަދު އިއުލާން ކުރަން ކުރަންޖޭ މަސައްކަތް އެސްޖީ އަދި އިދާރީ މުއައްޒަފުން ކުރަމުންދާކަމަށާއި އެފަރާތް ތަކަށްވެސް ޝުކުރު އަދާކުރާކަމަށް ފިރާޤް ވިދާޅުވިއެވެ.


