ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލު ހުޅުވާލައިފި

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހދ.ހަނިމާދޫ 3000 އަކަފޫޓްގެ 200 ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާއިން ޢާއްމުކޮށް ހުޅުވާލައިފި އެވެ.

މިކަން އާންމުކޮށް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއިޢުލާނުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2022 ފެބުރުއަރީ 20 ވާ އާދީއްތަ ދުވަހުންފެށިގެން 2022 މާރޗް 31 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން އެއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އަށް އެއިދާރާގެ ކައުންޓަރުންނެވެ.

ގޯތި ދޫކުރުމުގެ އުސޫލު 2022

ގޯއްޗަށް އެދި ހުށަހަޅާ ފޯމް

ޗެކްލިސްޓް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ