އާޒިމް ބަލިކޮށް އަސްލަމް އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމަށް

ޚަބަރު ފަހުގެ ސިޔާސީ

މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ އިންތިހާބުގައި އަލީ އާޒިމްއާ ވާދަކޮށް ޕީޖީ ލީޑަރުގެ މަގާމް މުހައްމަދު އަސްލަމް ކާމިޔާބުކޮށްފި އެވެ.

އަސްލަމް މި އިންތިހާބް ކާމިޔާބުކުރެއްވީ މިހާރު ވެސް ލީޑަރަކަށް ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ވާދަކުރައްވައެވެ. ޖުމުލަ 65 މެންބަރުން ތިއްބަވާ އެމްޑީޕީ ޕީޖީ ގްރޫޕްގެ 40 މެމްބަރުންގެ ވޯޓު ލިބިފައިވަނީ އަސްލަމަށެވެ. އަދި އާޒިމް އަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނައިބް ލީޑަރުންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލެއްވި އިރު އިންތިހާބު ކުރަން ޖެހެނީ ދެމެމްބަރުންނެވެ. ނައިބް ލީޑަރު ކަމުގެ ފުރަތަމަ ޖާގަ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ކަށަވަރު ވެފައިވާ އިރު ދެން އެމަޤާމަށް ކުރިމަތިލެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ވޯޓުން އެއްވަރުވެފައެވެ. މިއާއި އެކު ދެވަނަ ނައިބް ލީޑަރެއް ހޮވުމަށް ދެވަނަ ފަރަހަށް ވޯޓު ލުމަށް ވަނީ ނިންމާފައެވެ

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އިންތިހާބުވެފައިވަނީ 49 ވޯޓުނެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވީ 34 ވޯޓެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ