ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި ދަތިތަކެއް ދިމާވެއްޖެ

ޚަބަރު ފަހުގެ

ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.

ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް ވޮއިސް ކޯލް ކުރުމުގައި އަދި ޑާޓާ ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވާން ޖެހުނު ސަބަބެއް ހާމަ އެއް ނުކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމަހުގެ 13 ވަނަ ދުވަހުވެސް ދިރާގުގެ ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި ވަނީ ދަތިތަކެއް ދިމާވެ ހަ ގަޑިއިރަށްވުރެ ގިނަ އިރު ވެގެން ދިޔައެވެ.

މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ދިރާގުން ބުންނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ