ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ނ މަނަދޫގައި ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮއްލި މައްސަލައާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނ މަނަދޫގައި ފުލުހަކަށް އިންޒާރުދީ ރޯކޮއްލި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ. ހައްޔަރުކުރި އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލުގައި ރޭ ރޯކޮއްލީ އެރަށުގައި ޑްރަގުގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު ފުލުހަކު ހުއްޓުވުމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަށްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ