ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއުއެއްގެ ނަން ބަދަލުކޮށް، މި ސަރުކާރުގެ މަޝްރޫއުއަކަށް ހަދައި ކުރިއަށް ގެންދަން ނިންމުމުން، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް މިފަދައި ފާޑުވިދާޅުވީ “ހިޔާވަހި ހައުސިން” މަޝްރޫއުުގެ ނަން “ރީތި ގަސް އެޕާޓްމަންޓް”އަށް ބަދަލުކުރުމުނެވެ.
މިއަދު މުޢިއްޒު ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލުކުރި ގޮތަށް، އަދި ސީއެމްއީސީ ފޭސް3ގެ ނަން ވިނަރެސްއަށް ބަދަލު ކުރި ގޮތަށް، ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއުއެއްގެ ނަން ބަދަލުކުރަން އުޅޭ ކަމަށެވެ. އަދި ރައްޔިތުން އެދެނީ ނަން ބަދަލު ކުރުމަށްވުރެ ކަންކޮށްދިނުމަށް ކަމަށެވެ. އަދި ނަމަކުން ލިބޭނެ ފައިދާއެއް ނެތް، ކަން މަވެސް މުއީޒު ވިދާޅުވިއެވެ.
“ހިޔާވަހި ހައުސިން” މަޝްރޫއުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަަނަ އަހަރުގައި ފެށި މަޝްރޫއުއެކެވެ. 402 އެޕާޓްމަންޓް ހިމެނޭ މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް ދޭން ކުރީ ސަރުކާރުން ނިންމާފައި އޮތީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ.


