ހުކުމް ތަންފީޒު ކުރަން އަޑުބަރޭ ޖަލަށް ގެންގޮސްފި

ޚަބަރު ފަހުގެ

15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ މިއަދު އެނބުރި ރާއްޖެ އައުމާއެކު ހުކުމް ތަންފީޒުކުރަން ޖަލަށް ގެންގޮސްފި އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަޑުބަރޭ މިރޭގެ ވަގުތެއްގައި އަމިއްލައަށް ރާއްޖެ އައިސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުވެފައިވާ ކަމަށެވެ. އަދި އެއާޕޯޓުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް އޭނާ މިހާރު ގެނެވިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކްރިމިނަލް ކޯޓުން އަޑުބަރޭގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވެ، އެ ޖާމިނުވި އެއްބަސްވުމާ އެއްގޮތަށް އަލީ ވަހީދު ރާއްޖެ ގެނެސްދީފައި ނުވާތީ އެވެ. މި ހުކުމް އަޑުބަރޭ އަށް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

އެ ހުކުމް އަޑުބަރޭ އަށް އިއްވުމުން އޭނާ އަދާކުރަމުންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ