ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލި އިއުލާނާއެކު އާއްމުކުރި ފޯމް ބަލައިނުގަންނާނެ- ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލި އިއުލާންގައި ހިމެނޭ ފޯމް ބޭނުން ނުކުރެވޭނެކަމަށް ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފިރާގު މިފަދައިން ވިދާޅުވީ ފޯމާ ބެހޭގޮތުން ގޮށްކޮޅުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަޅުގަނޑުމެނަށް ބައެއް އާއްމު ފަރުދުންގެ ޝަކުވާ އެބަލިބޭ ގެޒެޓުކުރެވިފައިވާ ފޯމް ބަލައި ނުގަންނާނެކަމަށް ކައުންސިލުން ބުނާކަމަށް؟

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ސުވާލަށް ޖަވާބު ދެއްވަމުން ނައިބު ރައީސް ފިރާޤު ވިދާޅުވީ އަޅުގަނޑުމެން އިއުލާނާއެކު ފޯމް އަދި ޗެކްލިސްޓް އަދި އުސޫލު އާއްމު ކުރިން ކަމަށާއި ފޯމަކީ ނަމޫނާ ފޯމެއްކަމަށެވެ. އަދި އޮންލައިންކޮށް ގެވަޅުގެ އެއްވެސް ކަމެއް އެކައުންސިލުން ނުކުރާނެކަމަށެވެ.

“އިއުލާނުގައި ވަރަށް ސާފުކޮށް އެއޮތީ ފޯމް ދޫކުރުމާ ބަލައިގަތުން ކުރިޔަށް ދާނެގޮތް ލިޔެފައި، އަދި އަޅުގަނޑުމެން އެބަ ނޯޓްކުރަން ފޯމް ދޫކުރެވޭ ފަރާތުގެ މައުލޫމަތުތައްވެސް، އަދި ކޮންމެ ފޯމެއްގައިވެސް އިންނާނެ ވަކި ނަންބަރެއް ޖެހިފައި އެނަންބަރުން އިނގޭނެ އެ ކޮންފަރާތެއްގެ ފޯމެއްކަން” ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް

ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލި އިޢުލާނުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2022 ފެބުރުއަރީ 20 ވާ އާދީއްތަ ދުވަހުން ފެށިގެން 2022 މާރޗް 31 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން އެއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވާ ކަމަށެވެ. އަދި ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އަށް އެއިދާރާގެ ކައުންޓަރުންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ