ހަނިމާދޫ ފެނަކަ އޮފީހާ ހަވާލަދީ ހަނިމާދޫ ކައުންސިލުން ވަނީ މިއަދު ހަވީރު ހަނިމާދޫގެ އެކި ހިސާބުތަކުން ކޮންމެ 15 މިނެޓަކުން ކަރަންޓު ކެނޑޭނެ ކަމަށް އަންގާފައެވެ. އަދި މިއެންގުން އެންގުމަށްފަހު ހަނިމާދޫގެ ފެނަކަ އަދި ކައުންސިލުންވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ހަނިމާދޫ ކަރަންޓު ކެނޑޭ މައްސަލައިގައި މައުލޫމާތު ހޯދާލުމަށް ފެނަކައަށް ގުޅާލުމުން އޮޕަރެޝަން ހެޑް، ޒާހިރު އުސްމާން ވިދާޅުވީ އެފަދައިން ހަނިމާދޫގައި އެންގިއިރު ހެޑް އޮފީހާ އެކަން ހިއްސާކޮށްފައި ނުވާކަމަށެވެ. އަދި އެފަދަ ގޮތަކަށް އެންގުމެއް އަންގާނަމަ ހެޑް އޮފީހަށް ހިއްސާކޮށް ހުއްދަ ހޯދަންޖެހޭކަމަށެވެ.
ހަނިމާދޫން ކަރަންޓު ކެނޑެން ދިމާވީ ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ އެއް މެގަވޯޓް ޖަނަރޭޑަރުގެ ޝަޓްޑައުން ވޭލަކަށް ދިމާވި މައްސަލައަކުން ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
ހަނިމާދޫ ގައި ބޭނުން ކުރާނީ 1 މެގަވޮޓް ދެ ސެޓް އަދި 800 ކިލޯވޮޓް އެއްސެޓް 250 ކިލޯވޮޓް ސެޓެކެވެ. މިވަގުތު 800 މެގަވޮޓްގެ އިސްޓާޓިން މޯޓަރު ހަލާކުވެފައި ވާކަމަށާއި އެ ކަން ހައްލުކުރުމަށް މޯޓަރު 1 ނުވަތަ 2 ދުވަސްތެރޭ ފޮނުވޭނެކަމަށްވެސް ޒަހިރު ވިދާޅުވިއެވެ.
”1 މެގަ ވޮޓް ދެ އެއްޗާއި 250 ކިލޯވޮޓް ސެޓެއް ހުއްޓައި މިއަދު އެތަނުން 1 މެގަވޮޓް ޖަނަރޭޓަރަކަށް މައްސަލަ ދިމާމިވީ، އެހެން ދިމާވިޔަސް ކަރަންޓު ކެނޑެންޖެހޭ ސަބަބެއްނެތް އެއީ ހަނިމާދޫ މެކްސިމަމް 1 މެގަވޮޓް ވަތީ، 250 އަދި 1 މެގަވޮޓް ހުއްނާނެ ނުންތޯ އެހެންވެ ކަރަންޓު ދާންޖެހޭ ސަބަބެއްނެތް ނޫންތޯ.“ ޒާހިރު ވިދާޅުވިއެވެ.
އަދި މިއަދު ކަންތައްވީ ގޮތުގެ ތަފްސީލް ރިޕޯޓެއް ފޮނުވަން ބުނެފައިވާނެކަމަށާ މިކަން އިތުރަށް ބަލާނެކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.


