ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ލުމުގެ %85 މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށް އެމްޓީސީސީން ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 46،600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް.


