ކަދުރު ރުއް ހިމެނޭހެން، ސިޓީ ކައުންސިލުން 500 ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޚަބަރު ފަހުގެ

މާލެ ސިޓީ ކައުންސިލުން 500 ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ 180 ކަދުރު ރުކާއި، 320 އެހެނިހެން މޭވާ އަޅާ ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަަ ކަަމަށް ބުނެފައެވެ. މި މަސައްކަތަށް ގަސް ހޯދަނީ ބީލަން އުސޫލުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާލެ ސިޓީ ކައުންސިލުން ބުނީ ގަސް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި، އަގު ހުށަހެޅުމަށް އެ ކައުންސިލު އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

އެގޮތުން މައުލޫމާތު ސާފު ކުރުމަށް، މި މަހުގެ 23 ވަނަ ދުވަހު 00؛11 ގައި އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަނަށް އައުމަށް އެދިފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މާލެ އަކީ “ފެހި” ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން އަމާޒު ހިފާފައިވާއިރު، މާލޭގައި އެއް ލައްކަ ގަސް އިންދުމަށް އެކައުންސިލުގެ އެސްއޭޕީގައި ހިމަނާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ