މަހާތަމާ ގާންދީ އާއި ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތުގައި އެއްވެސް ތަފާތެއް ނެތް – އާދަމް ޝަރީފް

ޚަބަރު ފަހުގެ

މިނިވަންކަމުގެ ދިފާއުގައި އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީ އާއި މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތުގައި އެއްވެސް ތަފާތެއް ނެތް ކަމަށް މަޑުވައްރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ

ރޭ “ސަންގު ޓީވީ” ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ އިނގިރޭސިންގެ އަޅުވެތި ކަމުން އިންޑިއާ ސަލަމާތްކޮށް އެ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި މަހާތަމާ ގާންދީ ކުރެއްވި މަސައްކަތާއި މިއަދު ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ޔާމީން ކުރައްވާ މަސައްކަތުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ޔާމީން ވެސް ކަނޑި ބަޑި ހިފައިގެން ނުނިކުންނަވާ ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ސުލްހަވެރި މުޒާހަރާތަކާއި ސުލްހަވެރި އިހުތިޖާޖުތައް ކަމަށް ޝަރީފް ވިދާޅުވި އެވެ.

” އިންޑިއާގެ މިނިވަންކަމުގެ ދިފާއުގައި މަހާތަމާ ގާންދީ ކުރެއްވި ކަންތަކާއި ހުރި ތަފާތަކީ ރައީސް ޔާމީނަކީ ދިވެއްސެއް، އެއީ އިންޑިއާ ބޭފުޅެއް. ރައީސް ޔާމީނަކީ އަމިއްލަ ގޮތްތަކެއް ގެންގުޅުއްވާ ބޭފުޅެއް. މަހާތަމާ ގާންދީ އަކީ ހަމަ އެގޮތަށް ގެންގުޅުއްވި ބޭފުޅެއް” ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި ދެ ބޭފުޅުން ވެސް އިހުތިޔާރު ކުރައްވަނީ ސުލްހަމަސަލަސްކަން ކަމަށާއި ރާއްޖޭގައި ހުރި މުއައްސަސާތަކުގައި ހުޅުޖަހަން ޔާމީން ގޮވާނުލައްވާ ކަމަށެވެ. އެގޮތުން ޔާމީން ކުރައްވަނީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ މަސައްކަތް ކަމަށާއި އެކަން ކުރައްވާތީ ޔާމީނަށް ދެއްވާ އިނާޔާތްތައް އިތުރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ