ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެންނަން ރައީސް އަންގަވައިފި

ޚަބަރު ފަހުގެ

ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން، ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވި ގޮތުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން އެ ގައުމުން ބޭރުކޮށް ވަގުތުން ރާއްޖެ ގެނައުމަށް ރައީސް ސޯލިހް ވަނީ އަންގަވާފަ އެވެ. އެހެންވެ، އެ މަސައްކަތް ފޮރިން މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އަދި އެ ގައުމަށް ދިވެހިން ދަތުރު ނުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.

ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައި އެ ދަރިވަރުން ތިބިއިރު، އެ ދަރިވަރުންނާއި އާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މަޝްރަހު ހޫނުވުމާއެކު، ފޮރިން މިނިސްޓްރީން ގެންދިޔައީ ދަރިވަރުންގެ ހާލަތު ބަލަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ