ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 04 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އެގޮތުން މި އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް މާކެޓިންގ ހަސަން އިބްރާހީމް ދީދީ އެވެ.
120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވިގެން ދިޔަ މި މަޝްރޫޢުއަކީ 4،729،972.61 ރ(ހަތަރުމިލިއަން ހަތްލައްކަ ނަވާވީސްހާސް ނުވަސްތޭކަ ހަތްދިހަ ދެރުފިޔާ ފަސްދޮޅަސްއެއްލާރި) އަށް، ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވުނު މަޝްރޫޢުއެކެވެ.


