ގއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރަން ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް

ޚަބަރު ފަހުގެ

ގއ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކޮށްފައި ވަނީ ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެގޮތުން މި އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީވެ. އަދި ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ވަހީދު އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވިގެން ދިޔަ މި މަޝްރޫޢުއަކީ 11،844،668.75 ރ(އެގާރަ މިލިއަން އައްލައްކަ ސާޅީސްހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް އައްރުފިޔާ ހަތްދިހަ ފަސްލާރި) އަށް، ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވުނު މަޝްރޫޢުއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ