މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުން ސްޕެޝަލިސްޓް މެދުވަރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ އެއްބަސްވުމެއްގައި މިއަދު މިއަދު ސޮއިކޮށްފިއެވެ.
ކަރެކްޝަނުން ވިދާޅުވި ގޮތުގައި މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އާންމު ބަލިތައް ނޫން އެހެނިހެން ސިއްޚީ ބަލިތަކަށް ފަރުވާ ދިނުމުގައި އެމީހުން ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ފަރުވާ ފޯރުކޮށްދިނުމެވެ.
މިއެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ސުޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ޖަލުތަކަށް ފޮނުވައިގެން ފަހަރަކު 20 މީހުންނަށް ފަރުވާދެވޭނެއެވެ.
އެއް އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ މިއެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.


