11 އަހަރަށްފަހު ހަނިމާދޫއިން ގޯތި ދޫކުރަން މިވަނީ އިއުލާން ކޮށްފައެވެ. އެއާއެކު އެތަކެއް ރައްޔިތުންނެއް މިހާރު ވަނީ ފޯމް ނަގާފައެވެ. ނުނަގާންވީ ސަބަބެއްވެސް ނެތެވެ. އެކަމު ތިމާގެ ޒިންމާއެއް އަދި އެބައޮތެވެ.
އާނއެކެވެ. ޒިންމާއެކެވެ. އެ ޒިންމާ އަދާ ނުކޮށްފިނަމަ ގެވަޅު ދޫކުރުން ފަހަތަށް ސޮށްސާލާނެއެވެ. އަލުން އިއުލާން ކުރަން ޖެހި އެތައް ދުވަހެއް ހޭދަވާނެއެވެ.
ކައުންސިލުން އާންމުކުރި އުސޫލު ކިޔާލިން ހެއްޔެވެ؟ ނުކިޔަމުދޯއެވެ؟ އެ އުސޫލުގެ 21 ވަނަ މާއްދާގައިވަނީ ” އުސޫލަށް އެއްވެސް އިސްލާހެއް ގެންނަނަމަ އެއިސްލާހު އަލުން އިއުލާންކޮށް، އެއިސްލާހުގެ ދަށުން ގޯއްޗަށް އެދި ހުޝަހެޅުމުގެ ފުރުސަތު އަލުން އިއުލާން ކުރަން ޖެހޭނެއެވެ.”
އެހެން ކަމުން ގޯތި ދޫކުރާ ސަރަހައްދުތަށް ކަމަށް އެ އުސޫލުގައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުތައް މާދަމާރޭ ރައްޔިތުން ފާސްކުރަން ޖެހެއެވެ. އެހެން ނޫންނަމަ ގޯތި ދޫކުރުން ފަހަތަށް ސޮއްސާލާނެއެވެ.


