އައްޑޫ ސިޓީ ފޭދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުންޏަށް މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 772،606.97 ރުފިޔާ އަށެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 100 ދުވަހުގެ މުއްދަތަކެވެ.
ފޭދޫ ސްކޫލަކީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.


